Last Updated: July 16, 00:49
Tuesday, July 15, 2025
މުނިފޫހިފިލުވުން

ކާންޔޭ ކައިރިން ވަރިވާން ކިމް ކޯޓަށް ފޯމު ހުށަހަޅައިފި

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ކައިރިން ވަރިވާން އޭނާގެ އަންހެނުން އަދި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ކޯޓަށް ފޯމު ހުށަހަޅައިފިއެވެ.

އެމެރިކާގެ ލޮސް އެންޖަލިސްގެ ސުޕީރިއާ ކޯޓުގެ ތަރުޖަމާނަކު "ރޮއިޓާސް" އަށް މައުލޫމާތު ދެމުން ބުނީ ވަރިވާން ކިމް ލިޔުންތައް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން މި ދެ ތަރިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އުމުރުން 40 އަހަރުގެ ކިމް ކާންޔޭ ކައިރިން ވަރިވާން ކޯޓަށް ފޯމު ހުށަހަޅާފައިމިވަނީ ދެ މީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ކައިވެނި ރޫޅެން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު ކަމަށްވާއިރު، އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެއެވެ.

ކާންޔޭ ކައިރިން ކިމް ވަކިވާއިރު އޭނާ ވަނީ މީގެކުރިން ވެސް ދެ ކައިވެންޏެއް ކޮށްފައެވެ. މީގެކުރިން ކިމް ކައިވެނި ކޮށްފައިވަނީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއި މިއުޒިކް ޕްރޮޑިއުސަރު ޑޭމަން ތޯމަސްއާއެވެ. ކިމް އަކީ ކާންޔޭގެ ފުރަތަމަ ކައިވެންޏެވެ.