Last Updated: April 27, 09:26
Saturday, April 27, 2024
ވިޔަފާރި

އަހަރުގެ އާ ރެކޯޑެއް، މިއަދު 5100 ޓޫރިސްޓުން ރާއްޖެ އަށް

ރާއްޖެ އަށް މިއަދު އެކަނި ވެސް 5000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދު ރާއްޖެ އަށް 5100 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއަދަކީ މިއަހަރު ފެށުނު ފަހުން ރާއްޖެ އަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަސް ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދާއިރާގައި ހަރަކާތެރިވާ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 55،641 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން 32،970 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 32،019 މީހުން އައިސްފައިވެ އެވެ.

ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ.