Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހޯދުމަށް ކުއްލި މައްސަލައެއް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 51 މެމްބަރުންވަނީ އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައެވެ.

އެ ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއި ނުކުރީ އެކަމުގައި އިންޑިއާއިން ކުރިމަތިކުރުވި ޝަރުތުތަކާއި ގުޅިގެންކަމަށެވެ. އަދި ޝިޔާމް ވިދާޅުވީ މިސަރުކާރުން އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ އުތުރުތިލަފަޅަކީ އިންޑިއާ ސިފައިން ޤާއިމުވެ ތިބުމަށް ހަދާތަނެއް ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމުގެ މަސައްކަތަކީ 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް މަޝްވަރާ ކޮށްފައިވާ ކަމެކެވެ. އިތުރު ތިލަފަޅަކީ އިންޑިއާ ސިފައިން ޤާއިމުގެ ތިބުމަށް ހަދާތަނެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރި ނަމަވެސް، އެމްއެންޑީއެފްއިން ބުނެފައިވަނީ އެތަނަކީ އަސްކަރީ މަރުކަޒެއް ނޫންކަމަށާއި، އެތަނުގައި އިންޑިއާ ސިފައިން ޤާއިމުވެ ނުތިބޭނެކަމަށެވެ.