ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް 1700 އަށްވުރެއް ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، 09 ފެބުރުވަރީ އިން 20 ފެބުރުވަރީއާ ހަމަޔަށް ވޯޓާސް ރަޖިސްޓްރީއަށް 1758 ޝަކުވާ ލިބިފައިވާކަމަށެވެ.
09 ފެބުރުވަރީ އިން 20 ފެބުރުވަރީއާ ހަމަޔަށް ވޯޓާސް ރަޖިސްޓްރީއަށް 1758 ޝަކުވާ މި ކޮމިޝަނަށް ލިބިފައިވޭ.
— Elections Commission (@ElectionsMv) February 22, 2021
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އިންތިހާބާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނާއި މެދު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.