Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މައްސަލައަކީ އެއްބަސްވުން ސިއްރު ކުރުން: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްސަލައަކީ އިންޑިއާ އާއިއެކު ހަދާ އެއްބަސްވުންތައް ސިއްރު ކުރާތީ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށެވެ.

ސައީދު ވިދާޅުވީ އެމްއެންޑީއެފަށް ޑޮކްޔާޑެއް ބޭނުންވާކަން ޤަބޫލުކުރާކަމަށެވެ. އަދި މައްސަލައަކީ ޑޮކްޔާޑެއް ހެދުން ނޫންކަމަށާއި، މައްސަލައަކީ އެއްބަސްވުން ސިއްރު ކުރުންކަމަށް ސައީދު ވިދާޅުވިއެވެ.

"ޑޮކްޔާޑެއް ހެދުމެއް ނޫން ގޯސްވެގެން މިއުޅެނީ. އެއްބަސްވުން ސިއްރުކުރާ މައްސަލަ އެއްމައްސަލައަކީ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބައިތިއްބާ އެކަން މަޖިލީހަށް އަދި ދިވެހި ރައްޔިތުންނަށް އޮޅުވާލާ ސިއްރު ކުރުމަކީވެސް މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ހުރަސް އެޅޭނެކަމަށް ސައީދު ވިދާޅުވިއެވެ.