ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރަންޖެހޭ ދެ މެންބަރުންގެ މަގާމަށް ފަސް ބޭފުޅުން ކުރިމަތިލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފުލުހުންގެ ބޯޑަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރުމަށް ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާކަމަށެވެ.
ފުލުހުންގެ ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތައް:
1- ލަބީގު މުޙައްމަދު މާހިރު/ މ.މަނަދޫ ވިއު
2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ
3- ޒީނަތު ޢަލީ/ ދަފްތަރު 2616
4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851
5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ
ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.