Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އައްޑޫން ކޮވިޑް ޖެހުނު 38 މީހަކު ރަނގަޅުވެއްޖެ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިރޭ 18:00 އާއި ހަމައަށް ރޭ ފެނުނު ކޭސްތަކުގެ އިތުރުން އާ ކޭހެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އިތުރު 9 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެ 9 މީހުންނާއެކު އައްޑޫ އިން ބައްޔަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 38 އަށް އަރާފައެވެ. އަދި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 38 ގައެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

އައްޑޫ އިން މިއަދު އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވާއިރު، މިއަދު ވަނީ ޖުމްލަ 89 ސާމްޕަލް ނަގާފައެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހަފްތާއެއްގެ މުއްދަތަށް އައްޑޫ އިން އަންނަނީ ރެންޑަމް ސާމްޕަލްތައް ނަގަމުންނެވެ.