Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މީދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ސާމްޕަލް ނަގަނީ

އައްޑޫ ސިޓީގެ މީދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނެގުމަށް ހަމަޖެހިއްޖެއެވެ.

މީދޫ ސިއްހީ މަރުކަޒުން ބުނީ ހުޅުމީދޫގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް މިއަދު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މީދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކުން ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

މިއީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ކުރަމުން ގެންދާ ވަރަށް މުހިއްމު މަސައްކަތަކަށް ވާތީ، ސާމްޕަލް ދިނުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.

މީދޫގައި އުފެދިފައިވާ ދެ ކްލަސްޓާ އިން މިހާތަނަށް ޖުމްލަ 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެޗްޕީއޭއިން ވަނީ މީދޫގައި ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައެވެ.

ހުޅުމީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.