Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫ ކުނި މެނޭޖްކުރާ ފެސިލިޓީގެ ހިދްމަތް އަންނަ އަހަރަށް ނިމޭނެ: މިނިސްޓަރ

އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމުގެ ފެސިލިޓީގެ ހިދްމަތް އަންނަ އަހަރު ފަހުކޮޅު ނިމި އިފްތިތާހު ކުރެވޭނެކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ ދެކުނުގެ އަތޮޅު ތަކުގެ ކުނި މެނޭޖް ކުރުމަށް ސަރުކާރުން ފަށާފައިވާ ކުނި މެނޭޖްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިމި އިފްތިތާހު ކުރެވޭނެކަމަށެވެ.

އައްޑޫ އާއި ފުވައްމުލަކު ކުނި މެނޭޖްކުރުމުގެ މަޝްރޫއަކީ 246 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ވޭސްޓު ފެސިލިޓީ ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ ސައުތު ކޮރެއާގެ ލޮޓަސް ކުންފުންޏާއިއެވެ.

މި މަޝްރޫއުގެ ދަށުން ނެގޭ ކުނި މެނޭޖް ކުރުމަށް ފަހު 1.5 މެގަ ވޮޓް ކަރަންޓް އުފެއްދޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.،

ހުސެއިން ވިދާޅުވީ މި މަޝްރޫއު ނިމުމުން ކުނިން އުދެއްދޭ ކަރަންޓާއި އެކު އައްޑޫގެ ކަރަންޓުގެ އަގު ހެޔޮވެގެންދާނެކަމަށެވެ.