Last Updated: July 15, 00:26
Tuesday, July 15, 2025
ދުނިޔެ

ސީރިއާގެ ރައީސް އައްސަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސީރިއާގެ ރައީސްގެ އޮފީހުން ބުނީ އައްސަދުގެ އިތުރުން އޭނާގެ އަނބިކަނބަލުން އަސްމާ ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށާއި، ދެ މީހުން ވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށް އެ އޮފީހުން ހާމަކުރެއެވެ.

ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާ ސީރިއާގެ 15،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 10،374 މީހުން ބަލިން ރަނގަޅުވެފައިވާއިރު 1063 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.