Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 220،840 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: އޭއެފްޕީ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 220،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ވަނީ 220،840 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ރާއްޖެއައި 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހު ރާއްޖެ އައި 96882 ފަތުރުވެރިންނާއި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި 31،855 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެއީ 52،192 ފަތުރުވެރިންނެެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެ އަށް ވަނީ 47،680 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ.