Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު އުރީދޫ މޯލްޑިވްސް

އުރީދޫ މީޓްގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފި

އުރީދޫއިން "އުރީދޫ މީޓް"ގެ ނަމުގައި ވީޑީއޯ ކޮންފަރެންސް ބޭއްވޭނެ ޕްލެޓްފޯމެއް ގާއިމުކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މިފަދަ ޕްލެޓްފޯމެއް ޤާއިމުކުރުމުގެ ބޭނުމަކީ ކޮވިޑް-19 ގެ ހާލަތުގައި ގިނަ ފަރާތްތަކަކުން އޮންލައިންކޮށް މަސައްކަތްކުރަން ޖެހިފައިވުމުން އެކަމަސް އެހީތެރިވުންކަމަށެވެ.

ސްޓާޓްމީޓިން އާއި ގުޅިގެން އުފައްދާފައިވާ "އުރީދޫ މީޓް" އަކީ ބޭނުންކުރުމަށް ފަސޭހަ ހިދުމަތަކަށް ވާނެކަމަށް އުރީދޫއިން މައުލުމާތުދެއެވެ.

ވިޔަފާރިތަކާއި ސަރުކާރު އިދާރާތަކަށް ހާއްސަކޮށް މި ހިދުމަތް ފެށާފައިވާއިރު ވީޑިއޯ ކޮންފަރެންސްތައް ބޭއްވުމަށް ފަސޭހަވާނެ ކަމަށް އުރީދޫއިން މައުލޫމާތުދީފައިވެއެވެ. އެގޮތުން މި ހިދުމަތުން ހައިކޮލިޓީ ވީޑީއޯ އަދި އޯޑިއޯ ލިބޭނެކަމަށާއި، ސްކްރީން ޝެއާކުރުމާއި ޗެޓް ކުރުމުގެ އިތުރުން މީޓިން ރިކޯޑްވެސް ކުރެވޭނެކަމަށް މައުލޫމާތުދީފައިވެއެވެ.

މި ހިދުމަތް ހޯސްޓް ކުރަނީ އުރީދޫ ޑާޓާ ސެންޓަރުންކަމަށްވެސް މައުލުމާތުދީފައިވެއެވެ.

އުރީދޫއިން ބުނެފައިވަނީ މި ހިދުމަތް މިވަގުތު ވިޔަފާރިތަކަށް ހާއްސަކުރެވިފައި ވީނަމަވެސް އަމިއްލަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެކަމަށާއި، ވަކިބަޔަކަށް ލިމިޓް ނުވާނެކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން މަހެއްގެ ތެރޭގައި ކަސްޓަމަރުންނަށްވެސް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް މައުލޫމާތުދީފައިވެއެވެ.

މިހިދުމަތަކީ އަގުހެޔޮ ހިދުމަތަކަށް ވާނެ ކަމަށާއި، އަދި ހިދުމަތް ނަގާ ފަރާތްތަކުން މަހަކު ދައްކަންޖެހޭނީ 249 ރުފިޔާއެވެ. އުރީދޫ އިން ބުނެފައިވަނީ "އުރީދޫ މީޓް"ގައި ކިތަންމެ ގިނަ ބަޔަކުވެސް ބައިވެރިވެވޭނެ ކަމަށާއި، މީހުން ބައިވެރިވެވޭ މިންވަރު ލިމިޓް ނުވާނެކަމަށެވެ. އަދި މިއީ ބޭނުންކުރަން ފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ޕްލެޓްފޯމަކަށް ވާނެކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.