Last Updated: April 26, 23:59
Saturday, April 27, 2024
ވިޔަފާރި

މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 269،000 އިން މައްޗަށް

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 269،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 269،504 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ރާއްޖެއައި 92103 ފަތުރުވެރިންނާއި، ފެބްރުއަރީމަހު ރާއްޖެ އައި 96882 ފަތުރުވެރިންނާއި މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި 80،519 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެއީ 64،059 ފަތުރުވެރިންނެެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެ އަށް ވަނީ 58،679 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ.