Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް އިބޫ

އާ ޤާނޫނާއެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިވާނެކަމަށް ޤަބޫލުކުރަން: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ އާ ޤަނޫނަށް އަމަލުކުރަން ފެށިމާއެކު ހިދުމަތުގެ ފެންވަރު މަތިވާނެކަމަށް ޤަބޫލުކުރާކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އާ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު ހިދުމަތުގައި ތިބި ފުލުހުން އާ ގާނޫނުގެ ދަށުން ވަނީ މިއަދު ހުވާ ކޮށްފައެވެ.

އެކަމާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އާ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމުން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

އާ ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރުމަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް ރައީސް ސޯލިހްގެ ޓްވީޓްގައިވެއެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު" ތަސްދީގު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު އެވެ.

އާ ޤަނޫނޫނާއެކު ކުރިން ބޭނުންކުރި ފުލުހުންގެ ބައެއް ރޭންކްތައް އުވިގެންދާނެއެވެ. މިޤާނޫނާއިއެކު ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެއެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޕޮލިސް ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުން ހިމެނެއެވެ.