Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

އިންކަމް ސަޕޯޓްގެ ގޮތުގައި 377 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 377 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 21،258 މީހުންނަށް 377 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާ އެވެ.

މި އެލަވަންސް ދިނުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ.

މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.