Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

އިންޑިއާ އިން 25،000 ޑޯޒްގެ ވެކްސިން ފަލަސްތީނަށް ހަދިޔާކޮށްފި

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާ އިން އުފައްދާފައިވާ ވެކްސިން ފަލަސްތީނަށް ހަދިޔާކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ އިން ފަލަސްތީނަށް ހަދިޔާކުރީ 25،000 ޑޯޒްގެ ވެކްސިނެވެ.

އިންޑިއާ އިން ފަލަސްތީނަށް ވެކްސިން ހަދިޔާކޮށްފައިވާއިރު މި މަހުގެ 17 ވަނަ ދުވަހު އ.ދ އިން ވަނީ ފައިޒާ ވެކްސިންގެ 37،440 ޑޯޒާއި ކޮވެކްސް ފެސިލިޓީގެ ދަށުން އެސްޓްރާ ޒެނެކާގެ 24،000 ޑޯޒުގެ ވެކްސިން ފަލަސްތީނަށް ހަދިޔާކޮށްފައެވެ.

ފަލަސްތީނުން ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި އެގައުމުން ވަނީ 2600 މީހުން މަރުވެފައެވެ.

ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާ ހުއްޓުމެއް ނެތި ކުރަމުންދާއިރު މިހާތަނަށް އެގައުމުން ވަނީ 75 ގައުމަކަށް ވެކްސިން ހަދިޔާކޮށްފައެވެ.