Last Updated: July 3, 08:25
Thursday, July 3, 2025
ޚަބަރު

200 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: މަޖިލިސް

ސަރުކާރުން އަންނަ މަހު 200 މިލިއަން ޑޮލަރުގެ ސްކޫކް ވިއްކަން ތައްޔާރުވެއްޖެއެެވެ.

މި ސްކޫކް ވިއްކަނީ 10.5 ޕަސެންޓު ޔީލްޑު ރޭޓުން ފަސް އަހަރަށެވެ.

މި ސުކޫކަށް މޫޑީސް އިން ބީ3 ގެ ރޭންކިން ދީފައިވާއިރު އަންނަ މަހުގެ އަށްވަނަ ދުވަހު މި ސުކޫކުގެ ސެޓްލްމެންޓުު ފައިނަލް ކުރާނެ ކަމަށް މައުލޫމާތުލިބެއެވެ.

މި މުއާމަލާތް ކުރިއަށް ގެންދިޔުމުގައި މެދުވެރި ވަނީ ކްރެޑިޓް ސޫއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އެވެ.