މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ.
އެމްއައިބީން އިން ބުނީ މި ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބެހެއްޓިފައިވާ ވިސާ ގަބޫލުކުރާ ޕީއޯއެސް އާއި އޭޓީއެމް މެޝިންތަކުން ހިދުމަތް ލިބޭނެ ކަމަށެވެ.
އެމްއައިބީން ތަޢާރަފްކޮށްފައިވަނީ ވިސާ ޕްލެޓިނަމް އާއި ވިސާ ގޯލްޑް ޑެބިޓް ކާޑެވެ. އެގޮތުން ގޯލްޑް ކާޑާއެކު އެމްއައިބީއިން ވަނީ އެވްރީޑޭ ބެނެފިޓްސްގެ ނަމުގައި ޑިސްކައުންޓު ސްކީމެއްވެސް ތަޢާރަފްކޮށްފައެވެ. މި ސްކީމްގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެއެވެ.