Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ހެކަރުން ލީކުކޮށްލައިފިއެވެ.

ހެކަރުން ފޭސްބުކް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތު ދަމައިގަތީ އެ ޕްލެޓުފޯމުގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލުމަށްފަހުއެވެ. އެގޮތުން ހެކަރުން ވަނީ ފޭސްބުކުގައި ރިޖިސްޓްރީވުމަށް ބޭނުންކުރާ ގިނަ މައުލޫމާތުތައް ލީކުކޮށްފައެވެ. އޭގެ ތެރޭގައި ފޯން ނަމްބަރާއި، އީމެއިލް އެޑްރެސްގެ އިތުރުން ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ މައުލޫމާތާއި، އުފަން ތާރީހާއި، ފުރިހަމަ ނަމުގެ އިތުރުން ފޭސްބުކް އައިޑީ ފަދަ މައުލޫމާތު ހިމެނެއެވެ.

ދުނިޔޭގެ 106 ގައުމަކުން ޖުމްލަ 533 މިލިއަން މީހުންގެ މައުލޫމާތު ލީކުކޮށްލާފައިވާ އިރު އެމެރިކާގެ 32 މިލިއަން މީހުންގެ މައުލޫމާތި ވަނީ ލީކުކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ 11 މިލިއަން މީހުންގެ މައުލޫމާތު ލީކުކޮށްލާފައިވާ އިރު އިންޑިއާގެ 6 މިލިއަން މީހުންގެ މައުލޫމާތު ވަނީ ލީކުކޮށްލާފައެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ފޭސްބުކުން އިތުރު އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

އައިޓީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި ލީކުކޮށްލާފައިވާ މައުލޫމާތުގެ ބޭނުން ހިފައިގެން ބޮޑެތި މަކަރާއި ހީލަތްް މިހާރުވެސް ދަނީ ހިންގަމުންނެވެ.