Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ހޯދުނަސް ގާނޫނާ ހިލާފަށް ކަން ނުކުރާކަމަށް ނުވާނެ: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ހޯދި ނަމަވެސް ޤާނޫނާ ހިލާފަށް ކަންކަން ނުކުރާކަމަށް ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ވެންޓިލޭޓަރު މައްސަލައިގައި ދުބާއީގެ އެކްޒެކިއުޓާޒް ކުންފުންޏަށް ދައްކާފައިވާ ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދާން ނިންމާފައިވާކަން ހާމަކުރުމުން ކޮށްފައިވާ ޓްވީޓެއްގައެެވެ.

އެގޮތުން އުޝާމް ވިދާޅުވެފައިވަނީ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ފައިސާ ހޯދުމަށް އިތުރަށް ބައިވަރު ހަރަދުކުރަންޖެހޭނެކަމަށެވެ.

ވެންޓިލޭޓަރު ފައިސާ ލިބުނުނަމަވެސް، ވެންޓިލޭޓަރުތައް ހޯދުމުގައި ރާވައިގެން ގާނޫނާ ހިލާފް ކަންތައްތަކެއް ނުކުރާ ކަމަކަށް ނުވާނެކަން ފާހަގަކޮށް އުޝާމްގެ ޓްވީޓްގައި ބުނެފައިވަނީ އެކަންތައް ބަލައި އެބަޔަކަށް ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.