Last Updated: April 24, 11:39
Wednesday, April 24, 2024
ޚަބަރު

ސިފައިން ތިބީ ރައްޔިތުންނާ ގާތުން މަސައްކަތްކުރަން: މިނިސްޓަރު މާރިޔާ

ދިވެހި އަސްކަރިއްޔާ އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ބޭނުމަކީ ރައްޔިތުން ބޭނުންވާކަންކަން އެ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާއި ގާތުން ކޮށްދިނުންކަމަށެވެ. މިއަދު ސިފައިންވެސް ނިކުމެތިބީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކޮށް ދިނުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ހުޅުމީދޫގައި ސަރުކާރުން އިމާރާތްކުރި ފަޔާ ސްޓޭޝަން ހުޅުވިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އަލިފާން ނިއްވޭނެގޮތް ގާއިމުކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ.

ހުޅުމީދޫ ފަޔާ ސްޓޭޝަނަކީ ރާއްޖޭގައި ހުޅުވުނު 31 ވަނަ ފަޔާ ސްޓޭޝަންކަން ފާހަގަކޮށް މިނިސްޓަރު މާރިޔާ ވިދާޅުވީ މިއީ ދެކުނުގައި ހުޅުވޭ ހަތަރު ވަނަ ފަޔާ ސްޓޭޝަން ކަމަށެވެ. އަދި މި ފަޔާ ސްޓޭޝަންގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތަކަށް އަވަހަށް އެޓެންޑްވުމުގައި ފަސޭހަވާނެ ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ކޮވިޑްގެ ސަބަބުން ބައެއް ކަންކަން މަޑުޖެހިފައި ހުރިނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.