Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އައްޑޫ ރައްޔިތުންގެ އުންމީދުތައް އެމްޑީޕީން ހާސިލުކޮށް ނުދިން، ޕީޕީއެމަށް ވޯޓު ދެއްވާ: ޣައްސާން

ގައްސާން މައުމޫން - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ރައްޔިތުން ޕީޕީއެމަށް ފުރުސަތު ދިނުމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ރައްޔިތުން އެމްޑީޕީއަސް އެތައް ފަހަރަކު ފުރުސަތު ދީފައިވާކަމަށާއި، ރައްޔިތުންގެ އުންމީދުތައް އެމްޑީޕީން ހާސިލުކޮށްނުދޭކަމަށެވެ.

އެހެންކަމުން މިފަހަރު އައްޑޫ ރައްޔިތުން ޕީޕީއެމަށް ފުރުސަތުދީ ޕީޕިއެމަށް ވޯޓު ލުމަށް ޣައްސާން ގޮވާލައްވާފައިވެއެވެ. އަދި ޕީޕީއެމަށް ވޯޓު ލައިފިނަމަ ތަފާތު ފެންނާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އައްޑޫސީޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ މުހައްމަދު ލަތީފެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި އަލީ ނިޒާރު ވާދަކުރައްވާއިރު އަމިއްލަ ގޮތުން އިބްރާހިމް ތާހިރު ވާދަކުރައްވައެވެ.