Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓްލާން ދިއުމުގެ ފުރުސަތު ދިނުމަށް އެޗްޕީއޭއަށް ގޮވާލައިފި!

އީސީގެ ރައީސް އަހުމަދު ޝަރީފް-- ފޮޓޯ: ރާއްޖެއެމްވީ

ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓުލާން ދިއުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ގޮވާލައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓު ލުމުގެ ހައްޤު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.

އަދި ވޯޓު ރަޖިސްޓްރީ ވެފައިވާ ތަނަކަށް ވޯޓު ލާން ދިއުމުގެ ފުރުސަތު ދިނުމަށް އެޗްޕީއޭއަށް ގޮވާލާކަމަށް ޝަރީފްގެ ޓްވީޓްގައިވެއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ސަބަބުން އިންތިހާބަށް ހުރަސްތަކެއް ހުރިކަމަށް މީގެ ކުރިން އީސީން ވަނީ ހާމަކޮށްފައެވެ.