Last Updated: July 3, 08:25
Thursday, July 3, 2025
ޚަބަރު

ޕޮޒިޓިވްވި މީހަކާއި ދިމާވެ ޝަރަފުއްދީންގެ ބައެއް ދަރިވަރުން ހޯމް އައިސޮލޭޝަނަށް

އިއްޔެ އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ދިމާވެ ޝަރަފުއްދީން ސްކޫލްގެ ބައެއް ދަރިވަރުން ހޯމް އައިސޮލޭޝަނުގައި ތިބެން އަންގައިފިއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ އިއްޔެ ކޮވިޑަށް އައްޑޫ އިން ޕޮޒިޓިވްވި މީހާ ކަރަންޓީނު ގަވާއިދާ ހިލާފަށް އާންމު މީހުން ގޮސް އުޅޭ ތަންތަނަށް ދިޔުމުގެ ތެރޭގައި އެ ސްކޫލްގެ ބައެއް ދަރިވަރުންނާއި ކޮމިއުނިޓީ ތެރެއިން ދިމާވެފައިވާތީވެ، އައްޑޫ ހޮސްޕިޓަލުގެ ލަފަޔާއި އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ގޭގައި އެ ދަރިވަރުން ހޯމް އައިސޮލޭޝަނުގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އަދި އިއްޔެގެ ޕޮޒިޓިވްވި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އައްޑޫ ހޮސްޕިޓަލުގެ ފަރާތުން ކުރިއަށްގެންދާކަން އެ ހޮސްޕިޓަލުގެ ފަރާތުން އަންގާފައިވާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ. އެގޮތުން އެއްވެސް ފަރާތެއް އެއީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ކަނޑައެޅުމުގައި ގޮތެއް ނިންމާނީ އެޗްޕީއޭ އިން އެތަނުގެ މިންގަނޑުތަކާއި އެއްގޮތަށް އެސެސްމެންޓެއް ހެދުމަށްފަހުއެވެ.

"ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް އާއްމު ހާލަތާއި އެއްގޮތަށް ސްކޫލްގެ ކިޔެވުން އޮންނާނެ" އެ ސްކޫލުން ބުނެއެވެ.

އިއްޔެ އައްޑޫ އިން ޕޮޒިޓިވްވި ދެ މީހުންނާއެކު ކޮވިޑްގެ 14 އެކްޓިވް ކޭސް އައްޑޫގައި އުޅޭ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ވިދާޅުވެފައެވެ.