Last Updated: April 20, 22:12
Tuesday, April 20, 2021
ޚަބަރު

ނިވާކަންކުޑަ ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅޭ ފަރާތްތަކަށް ޝެއިޚް ޒައިދުގެ ސުވާލެއް؟

ޝެއިޚް އަލީ ޒައިދު - ފޮޓޯ: ދި އިސްލާމް

ނިވާކަންކުޑަ ހެދުން އަޅައިގެން ޓިކްޓޮކްގައި ނޭދެވޭ އަމަލު ހިންގަމުން ދާއިރު، މާދަމާ ﷲގެ ހަޟުރަތަށް ބައްދަލު ކުރާއިރު ތިމަންނަ ދުނިޔޭގައި އުޅުނީ ނިވާކަންކުޑަ ހެދުން އަޅައިގެން ޓިކްޓޮކް ކުޅެންށޭ ބުނީމާ އެ ޖަވާބު ކަމުދާނެތޯ ވިދާޅުވެ ޝެއިޚް އަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.

ޝެއިޚް ޒައިދު މިފަދައިން ސުވާލު ކުރައްވާފައިވަނީ އެ ބޭފުޅާގެ އޮފިޝަލް ޓްވިޓާގައި ކުރެއްވި ޓްވީޓެއްގައެވެ.

" ނިވާކަންކުޑަ ހެދުން އަޅައިގެން، ޓިކްޓޮކްގައި، އެތައް ބަޔަކު ނޭދެވޭ ޢަމަލު ހިންގާ! ލައިކްސް އާއި ފޮލޯވާސް ލިބޭނެ! ނަމަވެސް މާދަމާ ﷲގެ ހަޟުރަތަށް ބައްދަލު ކުރާއިރު ތިމަން ދުނިޔޭ އުޅުނީ ނިވައިކަންކުޑަ ހެދުން އަޅައިގެން ޓިކްޓޮކް ކުޅެންށޭ ބުނީމާ އެ ޖަވާބު ކަމުދާނެތޯ؟ ވިސްނަވާ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޓިކްޓޮކް ގައި ދިވެހި ދެ ޖިންސުގެ އެތައް ބަޔަކު އުޅެއެވެ.