Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ޤާޒީ ސަމީރުއާއި، ޤާޒީ ޒުބައިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ސިވިލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ތަންފީޒުގެ މައްސަލައެއް ނިންމެވީ އެއްވެސް ޚަސްމަކު ޙާޟިރު ކުރުމަކާނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު އާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައަކީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

ހުށަހަޅާފައިވާ މި 2 މައްސަލައިގެ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް ޖޭއެސްސީން ވަނީ މިހާރު އެކުލަވާލާފައެވެ.