Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އެމްޑީޕީ ކެމްޕެއިން ޖަލްސާ މިރޭ ރަސްދޫ ފަޅުތެރޭގައި ބާއްވަނީ

އެމްޑީޕީ "ރަަށްވެހި ފަތިސް" ޖަލްސާއެއް މިރޭ އއ. ރަސްދޫ ފަޅުތެރޭގައި ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ޖަލްސާ ބައިވެރިވުމަށްޓަކައި އެމްޑީޕީގެ ބޮޑު ޓީމެއް ވަނީ ރަސްދޫއަަށް ފުރާފައެެވެ.

އެމްޑީޕީން މައުލޫމާތު ދޭގޮތުގައި މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި މިނިސްޓަރުންގެ އިތުރުން އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރު ގަދަވެފައިވާއިރު އެމްޑީޕީންނާއި ޕީޕީއެމުން އަންނަނީ ކެމްޕެިން ކުރަމުންނެވެ.