Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

މުއިވެޔޮ މަގު ބަންދުކޮށް ހަތިޔާރާއެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

މާފަންނު މުއިވެޔޮ މަގު ބަންދުކޮށްގެން ހަތިޔާރާއެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ފުލުހުން ހިންގާ އޮޕަރޭޝަންއަކަށް، ފުލުހުން އެދިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މުއިވެޔޮ މަގު ސަރައްހަދު މިހާރު ބަންދުކޮށްފައިވާއިރު ސިފައިން އެސަރަހައްދުގައި އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގެ އިތުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން އެ މަގު ބަންދުކޮށްގެން ހަރަކާތްތެރިވަމުން އަންނަނީ ހަތިޔާރާއި މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބުމާއި ގުޅިގެންނެވެ. އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން އެއްވެސް އިދާރާއަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ.