އައްޑުސިޓީ ބޭނުންވާ ތަރައްޤީއަށް ބޭނުންވަނީ އެސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ނިޒާރު ފަދަ ފަހުލަވާނުން އިންތިހާބުވުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދުގެ ވީޑިއޯއެއް ނިޒާރު ޓްވީޓް ކުރައްވާފައިވާ އިރު އެ ވީޑިއޯގައި މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ، ނިޒާރަކީ މަޖިލީހުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ހީވާގި ބޭފުޅެއް ކަމަށެވެ.
އައްޑޫ ދެކެން ބޭނުންވާ ފުރިހަމަ ތަސައްވުރު ނިޒާރުގެ ލީޑަރޝިޕްގެ ދަށުގައި އައްޑޫއަށް ލިބޭނެކަމާމެދުގައި ޝައްކު ނުކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
"އެމްޑީޕީއަކީ އައްޑޫއާ ގުޅިފައިވާ އެންމެ ވަރުގަދަ ޕާޓީ. އައްޑޫ ރައްޔިތުންނަކީ އެމްޑީޕީގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވާ ރައްޔިތުން." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އައްޑުގެ ތަސައްވުރައް އަދި އައްޑޫގެ ތަރައްގީއަށް ބޭނުންވަނީ ނިޒާރު ފަދަ އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ވަރުގަދަ ފަހުލަވާނުންފަދަ ކެނޑިޑޭޓުން އިންތިހާބު ވުންކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް، ތިލަފަތަށް ވޯޓު ދެއްވުން އެދޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެއެވެ.
Varah bodah shukuriyyaa @abdulla_shahid Manikfaanuge Ihulaastheri thaaidhaai Yageen kan alhugandah othumakee Addu Rayyithun nah hidhumai kurumugai libigen dhaane ithuru hivvarei. pic.twitter.com/j73cy6bzLa
— Ali Nizar (@DhekunuNizar) April 8, 2021
އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މޭޔަރު ކަމަށް ތިން ކެނޑިޑޭޓުން ކުރިމަތިލައެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި އަލީ ނިޒާރު، ޕީޕީއެމްގެ ޓިކެޓުގައި މުހައްމަދު ލަތީފް އަދި އަމިއްލަ ގޮތުން އިބްރާހިމް ތާހިރުއެވެ.