Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

މިއަދު ޕޮޒިޓިވްވީ 113 މީހުން

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 113 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 56 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25،304 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 3062 ކޭސް އެވެ. މި ބަލިން 22،166 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 85 މީހަކަށެވެ. މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ.