Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިިލިޕް އަވަހާރަވެއްޖެއެވެ.

ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން 99 އަހަރުގައި ޕްރިންސް ފިލިޕް އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ޕްރިންސް ފިލިޕް އާއި ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގެންފައިވަނީ 1947 ވަނަ އަހަރުއެވެ. އެގޮތުން އެ ދެ ކަނބަލުންނަށް ހަތަރު ދަރިކަލުން ވަނީ ލިބިވަޑައިގެންފައެވެ. އެއީ ޗާލްސް، އާން، އެންޑްރޫ އަދި އެޑްވާޑް އެވެ. އަދި ޕްރިންސް ފިލިޕަކީ ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ ކާފާފުޅެވެ.

ޕްރިންސް ފިލިޕް އަވަހާރަވެފައިވާއިރު މި ފަހަކަށް އައިސް ފިލިޕްގެ ސިއްހީ ހާލަތު ދޭތެރެ ދޭތެރެ އިން ގޯސްވާތީ ވަރަށް އަވަސް އަވަހަށް ފަރުވާދޭން ޖެހިފައިވެ އެވެ. އެގޮތުން މާ ބޮޑަށް ވަރުދެރަވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފިލިޕް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައެވެ. ހޮސްޕިޓަލުން ދޫކޮށްލެއްވީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.