Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

މާލޭ މޭޔަރަކަށް މުއިއްޒު އިންތިޚާބުވެއްޖެ

މާލެ މޭޔަރަކަށް ޕީޕީއެމުން ވާދަކުރާ މުއިއްުޒު؛ ފޮޓޯ - މިހާރު

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އިންތިޚާބުވެއްޖެއެވެ.

މުއިއްޒު މޭޔަރުގެ މަގާމު ކަށަވަރުކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް ވުރެ ތިން ހާހަށް ވުރެ ގިނަ ވޯޓު ނަންގަވާފައެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މުއިއްޒުއަށް ވަނީ 9،305 ވޯޓު ލިބިވަޑައިގެންފައެވެ. އަނަސް އަށް ލިބިފައިވަނީ 5،573 ވޯޓެވެ.

ވޯޓު ގުނަން ފެށީއްސުރެ މުއިއްޒު ވަނީ ފަސޭހަ ލީޑެއް އިންތިޚާބުން ނަގާފައެވެ. އިންތިޚާބުން އަނަސް ބަލިވެފައިވާކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދެއްވާފައެވެ.

އިތުރު ތަފްސީލު އަންނަނީ..