Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ރައްޔިތުން ބަސް ބުނެފި، ޔާމީން ވަގުތުން ދޫކޮށްލާ: އަދުރޭ

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަބްދުއްރަހީމް އަބްދުالله - ފޮޓޯ: ސަން

ކައުންސިލް އިންތިހާބުގައި ރައްޔިތުން ބަސް ބުނެފި ކަމަށާއި، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މިއަދު ބޭއްވި އިންތިހާބުން ޔާމީނަށް ޖަލުގައި ކުރަމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށް މާލޭގެ ރައްޔިތުން ބުނެފައިވާ ކަމަށާއި ޔާމީން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި މިއަދުގެ އިންތިހާބުގައި ރައްޔިތުން ބަސް ބުނެފައިވާ ކަމަށާއި އެގޮތުން ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް ދެން އޮތީ ރައްޔިތުންގެ ބަސް އެހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މަނިލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުުރުންވެސް ޔާމީންގެ މައްޗަށް ވަނީ މައްޗަށް މަނިލޯންޑްރިންގެ އިތުރު ދައުވާ އަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ.