Last Updated: April 20, 10:49
Saturday, April 20, 2024
ވިޔަފާރި

މަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭ ގޮތް ހަދައިފި

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭ ގޮތް އުރީދޫ އިން ހަދައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ.

ނިޔާޒު ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ މި މަހުން ފެށިގެން ކަމަށާއި މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ އުރީދޫ ޕޯސްޓްޕެއިޑްގެ 600 ރުފިޔާ އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

އަދި 600 ރުފިޔާ އަށް ވުރެ ކުޑަ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް މި ހިދުމަތް ނުދެނީ މަސް ނިމޭއިރު އެ ޕެކޭޖުތަކުގައި ޑޭޓާ ނުހުންނާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ބަދަލަކީ ގިނަ ދިރާސާތަކަކަށްފަހު އުރީދޫން ގެނައި ބަދަލެއް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

މަސްނިމޭއިރު ބޭނުންނުކޮށް ހުންނަ ޑޭޓާ އަނެއް މަހަށް ބޭނުންނުކުރެވޭ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.