Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ރައީސް ޔާމީން ގެޔަށް ބަދަލުކުރާމެދު މަޝްވަރާތައް ދަނީ ކުރިއަށް: ކަރެކްޝަންސް

ރައީސް އަބްދުالله ޔާމީން--

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާއި ގުޅޭގޮތުން، އޮންނަ އުސޫލުގެ ދަށުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މިކަމުގައި އަވަހަށް ގޮތެއް ނިންމޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަސްދާކަން ހާމަކުރައްވާފައެެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެސީޓީގައި ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުންވެސް ކަންކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.