Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ރާއްޖޭގެ ސިޔާސީ މިސްރާބު ހުރީ ރަށްވެހިި ފަތިހަކަށް: ރައީސް ނަޝީދު

ރާއްޖޭގެ ސިޔާސީ މިސްރާބު ހުރީ ރަށްވެހި ފަތިހަކާ ދިމާލަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން އެމަނިނުފާނު އެއްޗެއް ވިދާޅުނުވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަން ފާހަގަކުރެއްވުމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއްޕާޓީއަކުން އެހާ ބޮޑު ކާމިޔާބީއެއް ހޯދުމުން އެކަން މަޖިލީހުގެ ރައީސް ފާހަގަކުރުމަކީ ކޮންކަހަލަ ކަމެއްތޯ ވިސްނާލަންޖެހޭ ކަމަށެވެ.

ކޮންމެ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވެސް އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަކަމަށާއި، އަދި ޕީޕީއެމުން ވެސް ކާމިޔާބު ހޯދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ކުރިން ޕީޕީއެމަށް ކާމިޔާބު ނުވާ ދާއިރާތައް ހާއްސަކޮށް މާލޭގެ މޭޔަރުގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

"އެއީ އަޅުގަނޑުވެސް މަރުހަބާ ކިޔާ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީމި އިންތިހާބުންވެސް ފެނިގެންދަނީ ރާއްޖޭގެ ސިޔާސީ ތަބީއަތު އޭގެ މަންޒިލަށް މިސްރާބު ޖަހާފައި ހުރި ތަންކަމަށާއި، އަދި އެއީ ރަށްވެހި ފަތިހަށް ޖަހާފައިވާ މިސްރާބެއް ކަމަށް ވިދާޅުވިއެވެ.