Last Updated: May 7, 00:19
Thursday, May 6, 2021
މުނިފޫހިފިލުވުން

އައްޑޫގެ ހިތްގައިމު މަންޒަރުތަކާއި އެކު ބުނެލަދީގެ ފުރަތަމަ އެޕިސޯޑު މިރޭ ދައްކަނީ

އައްޑޫގެ ހިތްގައިމު މަންޒަރު ތަކާއި އެކު ޝޫޓުކޮށްފައިވާ "ބުނެލަދީ"ގެ ޑްރާމާ ސީރީޒްގެ ފުރަތަމަ އެޕިސޯޑު މިރޭ ދައްކަން ނިންމައިފިއެވެ.

ފިލްމީ ތަރި އަމަން ޑައިރެކްޓު ކުރާ މި ޑްރާމާ ސީރީޒްގެ އެޕިސޯޑުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ނެކްޓުޓީވީއިންނެވެ.

އައްޑޫއަށް ނިސްބަތްވާ ކާސްޓުންނާއި އެކު ނަގާފައިވާ މި ޑްރާމާ ސީރީޒް އަކީ ފަސް އެޕިސޯޑު މައްޗަށް ތައްޔާރުކޮށްފައިވާ ސީރީސްއެކެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ މި ޑްރާމާގައި ލީޑު ރޯލުގެ ބައިން ފެނިގެންދާނީ މަޝްހޫރު ފިލްމީތަރި އަމަން އާއި ޝަހްޒާއެވެ. މީގެ އިތުރުން ޓިކްޓޮކް ތަރި ހަސޭގެ އިތުރުން ޖިމީ އަދި އައިންތު އާއި ނުސްރާގެ އިތުރުން އަމީލް ފެނިގެންދާނެއެވެ.

މި ޑްރާމާ ސީރީޒް އާއި ގުޅޭ ގޮތުން އަމަން ބުނީ އާ ކާސްޓުން ތަކަކާއި އެކު މިފަދަ މަސައްކަތެއް ކުރުމަކީ ޗެލެންޖެއް ކަމަށާއި ނަމަވެސް ކާސްޓުންގެ ފަރާތުން ފެނިގެންދިޔަ އެކްޓިންއަކީ އުއްމީދު ނުކުރާވަރުގެ މޮޅު އެއްޓިންގް އެއް ކަމަށެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 9:30 ގައި ދައްކާ މި ސީރީސްގެ މަސައްކަތަށް އައްޑޫ ބޮޑު ތަރްހީބެއް ލިބުނު ކަމަށް އަމަން ފާހަގ ކުރިއެވެ.