Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ކުޅުދުއްފުށީގެ އޭޓީއެމް ސެންޓަރު އަޕްގްރޭޑްކޮށްފި

ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

މި ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.

ބީއެމްއެލް އިން ބުނީ ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ހިދުމަތް ލިބޭނެ ކަމަށާއި މި ސެންޓަރ މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިއާއެކު ކުޅުދުއްފުށީގައި 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މިހާރު ވަނީ ގާއިމުކޮށްފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.

ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫ ގައި މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރ އަލުން ހުޅުވާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.