Last Updated: April 20, 11:32
Saturday, April 20, 2024
ކުޅިވަރު

ދީމާ ހޯދި ކާމިޔާބަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ސޯލިހު ދީމާ އާއި އޭނާގެ މައިންބަފައިންނާއެކު - ފޮޓޯ: ރައީސް އޮފީސް

އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ހިމެނުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ ރައީސް ސޯލިހު ދީމާ އަށް މަރުހަބާ ވިދާޅުވީ ރޭގެ ވަގުތެއްގައި ދީމާ އާއި އޭނާގެ މައިންބަފައިނަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާ އިން ކުރިއަށް ދިޔުމަށް ސަރުކާރުން ދީމާ އަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީމާގެ މައިންބަފައިންނަށް ރައީސް އެރުވި ކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.

އަދި މި ދާއިރާ އަށް ރައީސް ދެއްވަމުން ގެންދަވާ ސަޕޯޓަށް ޓީޓީ އެސޯސިއޭޝަނުން ވަނީ މަރުހަބާ ކިޔާފައެވެ.

އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަނުން އާންމުކުރި ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ރޭންކިންގައި ދީމާ އޮތީ އަށް ވަނައިގަ އެވެ. އެއީ 1028 ޕޮއިންޓާއެކުއެވެ.

އުމުރުން 13 އަހަރުގެ ދީމާ ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީޣެ އަންހެނުންގެ ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާފައެވެ.