Last Updated: July 1, 14:24
Tuesday, July 1, 2025
ޚަބަރު

މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: ވީނިއުސް

ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން މ.އަތޮޅާއި ހަމައަށެވެ. އެލާޓް ނެރެފައިވަނީ މާދަމާ ހެނދުނު 8 ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.