Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އައްޑޫގެ މިސްކިތްތަކަށް ބެހުމަށް އުރީދޫން މުސްހަފް ހަދިޔާކޮށްފި

އައްޑޫ ސިޓީގެ މިސްކިތްތަކަށް ބެހުމަށް އުރީދޫ މޯލްޑިވްސް އިން މުސްހަފް ހަދިޔާކޮށްފިއެވެ.

އެގޮތުން އުރީދޫން އައްޑޫގެ މިސްކިތްތަކަށް ބެހުމަށް 30 މުސްހަފް މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ. މުސްހަފްގެ އިތުރުން އުރީދޫން ވަނީ 30 މުސައްލަ އަދި 30 ތަސްބީހަ ވެސް ހަދިޔާކޮށްފައެވެ.

މި ތަކެތި އުރީދޫ މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ އެ ކުންފުނީގެ ސީނިއަރ ސޭލްސް ސުޕަވައިޒަރ- ސައުތު، ޢާއިޝަތު ޝަޒްނާ އެވެ. މި ތަކެއްޗާއި ހަވާލުވެލެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އައްޑޫ ކައުންސިލުން ވަނީ އުރީދޫން މި ތަކެތި ހަދިޔާކުރުމުން އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.