Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިތުރު 157 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 157 މީހުން ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 71 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26،505 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 2735 ކޭސް އެވެ. މި ބަލިން 23،691 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 68 މީހަކަށެވެ. މި ބަލީގައި 70 މީހަކު ވަނީ ނިޔާވެފައެވެ.