Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ރައީސް ސޯލިހްގެ ސަބަބުން ރައްޔިތުން ރިޔާސީ ނިޒާމަށް ކުރާ އިތުބާރު ގެއްލިއްޖެ: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައްޔިތުން ރިޔާސީ ނިޒާމަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިފައިވާ މައްސަލައަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ ރިޔާސީ ނިޒާމަށް ހުތުރުވާގޮތަށް ވެރިކަން ކުރާ ބޭފުޅެއްކަމަށާއި، އަދި ރައިސް ސޯލިހްގެ ސަބަބުން ރައްޔިތުން ރިޔާސީ ނިޒާމަށް ކުރާ އިތުބާރު ގެއްލުފައިވާކަމަށެވެ.

"ކޮންފަދަ ފޮނި މީރުކަމެއްތޯ ރައީސް ޔާމީންގެ ޒައާމަތުގައި މި ރިޔާސީ ނިޒާމުގެ ތެރެއިން ލިއްބައިދެމުން ދިޔައީ. އެހެންނަމަވެސް ނާގާބިލު ރައީސަކު ނާގާބިލު ޓީމެއް ގޮވައިގެންއަސް ކުރަމުންދާ ކަންތައްތައް އެބަ ފެނޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑްކޮށްގެން ރައީސް ސޯލިހް ވެރިކަން ކުރަން ބޭނުންވާނަމަ، މަގާމުން އިސްތިއުފާ ދެއްވުންވެސް މާ ރަނގަޅުވާނެ ކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރަށް އެނގުނީ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން އެކަނި ކަމަށާއި، ތަރައްގީއޭ ކިޔާއެއްޗެއް މިސަރުކާރު ނުދަންނަ ކަމަށެވެ.