Last Updated: April 27, 06:22
Saturday, April 27, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް 360،000 ފަތުރުވެރިން އަތުވެއްޖެ

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 360،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 360،598 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 96،882 ފަތުރުވެރިންނެވެ. އަދި މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ރައްޖެއަށް 62،028 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ 23 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން އައިސްފައިވަނީ 21 އިންސައްތަ ފަތުރުވެރިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޔޫކްރެއިނުންނެވެ.