Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ފިޝަރީޒް މިނިސްޓްރީއަށް ނައިބަކު އައްޔަނު ކޮށްފި

ފިޝަރީޒް މިނިސްޓްރީއަށް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިފައިވާގޮތުގައި މި މަގާމަށް އައްޔަނު ކޮށްފައިވަނީ މ.ހިޔަމަ އަލީ މާޖިދުއެވެ.

މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާޖިދު މި މަޤާމަށް އައްޔަނުކުރެއްވުމާހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ. އަދި މީގެ ކުރިން ޢަލީ މާޖިދު ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ.

މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ފަރާތެކެވެ.