Last Updated: July 12, 09:40
Saturday, July 12, 2025
ވިޔަފާރި

ފެނަކައަށް އަނެއްކާވެސް ބައިނަލްއަގުވާމީ ދެ އެވޯޑެއް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ފެނަކަ ކޯޕަރޭޝަނަށް އަނެއްކާވެސް ބައިނަލްއަގުވާމީ އެވޯޑުތަކެއް ލިބިއްޖެ އެވެ.

އިންޓަނޭޝަނަލް ފައިނޭންސް އެވޯޑްސްގައި މިފަހަރު އެކުންފުންޏަށް ލިބިފައިވަނީ ލ. ގަން އިންޓަކަނެކްޝަން ޕްރޮޖެކްޓަށް ބެސްޓް ގްރީން ޕްރޮޖެކްޓުގެ އެވޯޑާއި އަދި އެނާޖީ/ޔުޓިލިޓީ ދާއިރާއިން ބެސްޓް ގްރީން އިނިޝިއޭޓިވްގެ އެވޯޑެވެ.

އިންޓަނޭޝަނަލް ފައިނޭންސް އެވޯޑަކީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުންކުރާ މަސައްކަތް ބަލުމަށްފަހު ދޭ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑެކެވެ. އެވޯޑު ދޭއިރު ކުންފުނިތަކުން ކޮށްފައިވާ މަަސައްކަތްތަކާއި ކާމިޔާބީއަށްވެސް ރިޔާއަތްކުރެއެވެ.

ފެނަކައަށް މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ލިބިފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ލިބުނުބުނު އެވޯޑުތަކާއި އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދުއަށް ލިބުނު އެވޯޑު ވެސް ހިމެނެއެވެ.