Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މެމްބަރު ޒާހިރު ސަރުކާރަށް: "ފޭރޭ ވައްތަރަށް ކަންކަން ނުކުރޭ"

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު---

ފޭރޭވައްތަރަށް ކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ އިހުލާސްތެރިކަމާއެކު ކަމެއް ކޮށްގެން ނޫނީ ރަނގަޅު ކަމެއް ނުކުރެވޭނެ ކަމަށެވެ. ގާނޫނުގައި ކިތަންމެ ބައިވަރު ވާހަކަތަކެއް ލިޔުނު ނަމަވެސް އެގޮތަށް އިހުލާސްތެރިކަމާއެކު މަސައްކަތް ނުކުރާނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.

ޒާހިރު ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ކުންފުނިތައް ހަދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ.

"އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން، އެމީހުން ކުރާ މަސައްކަތްތެރެއަށް ވަދެގެން، އެމަސައްކަތް ކުރުމަކީ އެއްގޮަތަކަށް ވެސް ކަމުދާ ކަމެއް ނޫ." ޒާހިރު ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ އިހުތިސާސްތެރޭގައި ހިމެނޭ ގަން އެގްރޯ ކުންފުންޏަށް ދީފައިވާތީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޒާހިރު ވިދާޅުވީ، އެކަމަކީ ގައްދޫ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އަދި "ފޭރޭ ވައްތަރަށް ކަންކަން ނުކުރުމަށް" ސަރުކާރަށް ގޮވާލާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ގައްދޫ ކައުންސިލާއި ގަން ހަވާލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއްކަން ފާހަގަކޮށް ޒާހިރު ވިދާޅުވީ އެ ވައުދު ފުއްދައި ދިނުމަށް އެދޭކަމަށެވެ.