Last Updated: April 25, 09:23
Thursday, April 25, 2024
ވިޔަފާރި

މަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަހު މިހާރު ބޭނުން ކުރެވޭނެ

އުރީދޫ މޯލްޑިވްސްއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ މި ޚިދުމަތާއި އެކު 600 އާއި މަތީގެ ޕްލޭންސްތައް ގެންގުޅުއްވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސް އިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާއި އެކު އެއްވެގެންދާނެ ކަމަށެވެ.

އުރީދޫއިން މިގެނައި ބަދަލާއި އެކު، މި މަހުން ފެށިގެން ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އާއި މަތީގެ ޕްލޭންތަކަށް މި ޙިދުމަތް ލިބޭނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވެއެވެ.

މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަންގަވާފައވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ.

• 600 އަދ 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 30ޖީބީ އެވެ

• 1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 200ޖީބީ އެވެ

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ އަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަން ދީގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

"އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއި އެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައެވެ.