Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޖެކްލިންގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު 50 މިލިއަނަށް

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާތަން ފެންނަ އާންމުންނާއި ގާތް، ބޮލީވުޑްގެ ތަރި ޖެކްލިން ފަރނާންޑެޒްގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު 50 މިލިއަނުން މަތި ވެއްޖެއެވެ.

ޖެކްލިން ވަނީ މިކަމާއި އިންތިހާއަށް އުފާވާ ކަމަށާއި އެކަމަށްޓަކާ އޭނާގެ ސަޕޯޓަރުންނަށް ޝުކުރުއަދާ ކުރާ ކަމަށް ބުނެފައެވެ. ޖެކްލިން އަކީ އޭނާގެ އާންމު ދިރިއުޅުމުގެ އެކި ވާހަކަތަކާއި ފޮޓޯތައް އަދި ވީޑިއޯތައް ގިނަ އަދަދަކަށް އޭނާގެ ފޭނުންނާއި ހިއްސާ ކުރާ ފަރާތެކެވެ.

ޝުކުރުގެ ބަސްތަކަށްފަހު ޖެކްލިން ވަނީ މިހާރުގެ އިންޑިއާގެ ހާލަތަށް ރިޢާޔަތްކޮށް މީހުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށާއި، ގަދަ ސަލާމަތުން ތިބުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ. އަދި ކޮވިޑްގެ މިއަދު ހާލަތު އަވަހަށް ރަނގަޅުވެ އާންމުންނަށް އާންމު ދިރިއުޅުމަށް އަވަހަށް ރުޖޫޢަ ވުމަކީ އޭނާ އެންމެ އެދޭ ކަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޖެކްލިން ދެން އެންމެ އަވަހަށް އާންމުންނަށް ފެނިގެންދާނީ އަކްޝޭ ކުމާރު އަދި ނުޝްރަތު ބަރޫޗާއާއެކު ފިލްމް "ރާމް ސޭތޫ" އިންނެވެ. މީގެ އިތުރުން އަދި މީގެ އިތުރުން "ކިކް 2"، "ބޫޓް ޕޮލިސް" އަދި "ބައްޗަން ޕާންޑޭ" އާއި "ސާކަސް" ފަދަ ފިލްމްތައް ވެސް ވަނީ އާންމުންނާއި ހަމަޔަށް އައުމުގެ މަގުމަތީގައެވެ.