Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ކޮވިޑް ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު 4 ލައްކައިން މައްޗަށް

ބްރެޒިލްގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 4 ލައްކައިން މައްޗަށް އަރައިފިއެވެ.

މިއީ އެމެރިކާ ފިޔަވާ އެންމެ ގިނަ އަދަދަަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި ޤައުމެވެ. މި އަދަދުގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ މި އަހަރު ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. ކޮވިޑް ފެތުރެން ފެށިފަހުން ބްރެޒިލްގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މި މަހު ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާ ގިނަ މީހުން މި ބަލީގައި މަރުވަނީ ފެތުރެމުން އަންނަނީ ކޮންކަހަލަ ވޭރިއެއްޓެއް ކަމެއް ނުބަލާ އެކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން ނާޅާތީ ކަމަށެވެ. އެ ގޮތުން ލޮކްޑައުން ނުކުރުމާއި، ވެކްސިން ދިނުން ލަސްވުން އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑްގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކުން ދަނީ އިންތިހާއަށް ހިތާމަވެރިކަން އެ އާއިލާތަކަށް ލިިބިފައިވާ ކަމަށާއި، ސަރުކާރުން އިތުރަށް މިކަމާއިމެދު ފިޔަވަޅު އަޅާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ބުނެފައެވެ.